ads
ރައީސް ނަޝީދު -
ދަރަނީގެ މައްސަލަ ސަރުކާރަށް އެކަނި ހައްލުކުރެވޭކަށް ނެތް: ނަޝީދު
ރާއްޖޭގެ ދަރަނީގެ މައްސަލައަކީ ސަރުކާރަށް އެކަނި ހައްލުކުރެވެން އޮތް މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ދަރަނި ނަގައިގެން ދައްކަނީ ކުރީގެ ދަރަނި ކަމަށެވެ.

"ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން. އެއީ މިހާރު ގައުމީ މައްސަލައެއް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ބައެއް ޗައިނާއަށް ދައްކަން ޖެހޭއިރު، ނަޝީދު މީގެ ކުރިން ތަކުރާރުކޮށް ވަނީ، އެ ގައުމުން "ދަރަނި ދަންތުރަތަކެއް"ގައި ޖައްސާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު ޕެންޝަން އޮފީހުގެ ބޮންޑުގެ މުއާމަލާތާ ގުޅިގެން، އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.


ރާއްޖޭގެ ދަރަނި ބޮޑުވުމާ ގުޅޭ ގޮތުން ބޭރުގެ މާލީ އިދާރާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން ހަރަދު ކުޑަކުރަން ގޮވާލައިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް