ކަށުނަމާދު ޕޭޖް ގައިވާ ގޮތުން ގދ. ފިޔޯރީ އާއިލާއަަކަށް ނިސްބަތްވާ އެ ތިން ފިރިހެން ކުދިން ނިޔާވިއިރު ދުވަހެއް ވެސް ނުވެ އެވެ.
ތިން ކުދިން ނިޔާވީ "ރިސްކު ބޮޑުކަމުން" ޓްރީޓޮޕް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދައި، އެ ކުދިން ނެގި ފަހުންނެވެ.
އެ ކުދިން ނެގީ މައިމީހާގެ ބަނޑަށް ފަސް މަހުގަ އެވެ.
މަންމަގެ ހާލަތު ސާފުވާ ގޮތެއް އަދި ނުވެ އެވެ.
ލޫތު، ހޫދު އަދި މީކާއިލްގެ ނަން ދީފައިވާ މި ތިން ކުދިންގެ ކަށުނަމާދު އޮތީ ހުޅުމާލޭ ސަހަރާގައި މިއަދު ހަވީރު 5:00 ގަ އެވެ.