ads
އީސީގެ ރައީސް ޒާހިދު (ކ-4) އަދި އެ ކޮމިޝަންގެ ބައެއް މެމްބަރުންނާއި އޮފިޝަލުން
ކައުންސިލަށް ވާދަކުރަން ޝަރުތު ހަމަވީ 1610 މީހުން
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވީ 1610 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ވާދަކުރުމަށް ނަން ހުށައެޅުމަށް ހުޅުވާލި ވަގުތު އިއްޔެ ވަނީ ހަމަވެފައެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރަން ވަގުތު ހަމަވިއިރު ހުށައެޅި ފޯމުތަކުން ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން ކަމަށެވެ. 

ވަގުތު ހަމަވިއިރު ޖުމުލަ 3،547 މީހަކު ފޯމު ހުށައެޅިކަމަށް އީސީން ބުނެއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 1،936 މީހުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި 1،611 މީހުންނެވެ. 

އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 1،610 މީހުންކަމަށް އީސީން ބުނެއެވެ. އަދި  އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވީ 1،383 މީހުން ކަމަަށްވެސް އެ ކޮމިޝަނުން ބުނެއެވެ. 

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް