އުތީމު ކައުންސިލްގެ ރައީސްކަމަށް ހޮވުނީ މިހާރު އެ މަގާމުގައި ހުރި އަބްދުالله ރަޝީދުއެވެ. އިންތިހާބަކާއި ނުލައި ހއ. ބާރަށު ކައުންސިލްގެ ރައީސްއަކަށް ހޮވުނީ އަލީ ޝަމީމްއެވެ.
އެހެން ޕާޓީއަކުން އަދި އަމިއްލަ ގޮތުންވެސް އެއްވެސް މީހަކު ވާދަނުކުރުމުން އިންތިހާބަކާ ނުލައި ޕީއެންސީއަށް އދ. ދިއްދޫ އާއި އެ އަތޮޅު މަންދޫ ކައުންސިލް ރައީސްގެ ގޮނޑިވެސް ވަނީ ލިބިފައެވެ. މީގެއިތުރުން މި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތަކަކާއި ދިއްދޫ ކައުންސިލްގެ އަންހެނުންގެ ހާއްސަކޮށްފައި އޮތް ގޮނޑިވެސް ޕީއެންސީއަށް ވަނީ ލިބިފައެވެ.
މަންދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވީ މިހާރުވެސް އެ މަގާމުގައި ހުރި މުހައްމަދު ސައީދެވެ.
ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ މިހާރު އެ ކައުންސިލްގެ މެމްބަރުކަން ކުރާ މި އިންތިހާބަށް ރަށު ކައުންސިލްގެ ރައީސްކަމަށް ނަން ހުށައެޅި އަނީސް މުހައްމަދެވެ.
މިކަން އަދި ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.