އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 04:10 ހާއިރުކަމަށެވެ. ރިޕޯޓް ލިބުމުން ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިކަމަށާއި ފަޔާ ފައިޓަރުން ކުރި މަސައްކަތުން ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 04:25 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވދެ.
މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.