އެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަނުން ފަށާ މިވަނީ އެ މަގާމުގައި މިހާތަނަށް ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ މަހުގެ އަށެއްގައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހަކު 21,884.00 ރުފިޔާ ލިބޭނެއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 12,534.00 ރުފިޔާއާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮމްމެ ދުވަހަކަށް 339.00 ރުފިޔާ ލިބޭނެކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
މަގާމަށް ހޮވުމުގައި ބަލާ ޝަރުތުތައް
އާއްމު ސިއްހަތާ ގުޅޭ ކަންކަމުގައި ގޮތް ނިންމާ އެންމެ އިސް އެއް މަގާމުކަމުގައިވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލްކަމަށް މައިމޫނާ އައްޔަންކުރީ 17 ނޮވެމްބަރު 2016ގައެވެ. މައިމޫނާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޮވިޑް-19ގެ ދުވަސްވަރުއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއިން 1990ވަނަ އަހަރު ހިދުމަތަށް ނުކުންނެވުމަށްފަހު ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މައިމޫނާވަނީ ދައުލަތަށް ސިއްހީ ދާއިރާގެ އެކި މަޤާމުތައް ފުރުއްވާފަ އެވެ.