ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވިކަން ރައީސް އޮފީހުންވެސްވަނީ ކަށަވަރުކޮށްދީފައެވެ.
ވަހީދު އިސްތިއުފާ ދެއްވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ރައީސް ވަހީދު ބޭއްވެވި ގުޅުމުގެ މައްސަލަ ހޫނުވުމުންނެވެ.
ރައީސް އޮފީހުން ބުނީ ރައީސް ވަހީދުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ކަމަށެވެ.