އުރީދޫ އިން ބުނީ ޓެމޫއާއެކު ވެފައިވާ ޕާޓްނާޝިޕާއެކު ރޯދަމަހަށް ތައްޔާރުވުމަށް ދިވެހިންގެ ތެރޭގައި ކުރާ ވިޔަފާރިއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށެވެ.
މި އެއްބަސްވުން މެދުވެރިކޮށް އުރީދޫ އެޕް މެދުވެރިކޮށް 100 ރުފިޔާ ހޭދަކޮށްގެން 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ވައުޗާ ބަންޑްލްއެއް ލިބިގެންދާނެ އެވެ. އެ ގޮތުން އުރީދޫ އެޕް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ކޫޕަންތަކުގެ ހާއްސަ ބަންޑަލްއެއް ސީދާ އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.
މި ހާއްސަ އޮފާއާއެކު ޒަރޫރީ ސާމާނާއި ހަދިޔާތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމާއި، ޕާސަނަލް އައިޓަމްތައް ގަންނަން ފަސޭހަވެ، އަތްފޯރާ ފަށުގައި ގަނެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.