ads
ރިޔާސީ ބަޔާން އިއްވުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގެ ތެރެއިން
ރިޔާސީ ބަޔާން އިއްވާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި
މިއަހަރަށް މަޖިލިސް ހުޅުވާ ރިޔާސީ ބަޔާން މާދަމާ އިއްވާތީ ރައްޔިތުން މަޖލިސްކުރާ ގެ ހުންނަ ސަރަހައްދުގެ ބައެއް ހިސާބުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ދިވެހި ފުލުހުންގެ ހިދުމަތުން އަންގައިފިއެވެ.
Advertisement

މިއަހަރަށް ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ. 

މި ޖަލްސާ މާދަމާ އޮންނާތީ އެ ސަރަހައްދުގެ ބައެއް މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ. ފުލުހުން ބުނީ އެ އިދާރާއިން ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދުގެ 18:00 ގެ ކުރިން އެ ސަރަހައްދުތަކުން ނަގާ އެ ސަރަހައްދު ހުސްކޮށްދިނުމަށް އެދޭކެމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން  ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. 

your imageވެހިކަލްތައް ނަގަން ފުލުހުން އެންގި ސަރަހައްދުތައް

ވެހިކަލްތައް ނަގަން ފުލުހުން އެންގި ބައެއް ސަރަހައްދުތައް 

  • އަމީރުއަހްމަދު މަގު ( ވެލާނާގެއިން ފެށިގެން ފިނިހިޔާ ގޯޅިއާއި ހަމައަށް)
  • މެދުޒިޔާރަތްމަގު (ސޯސަން މަގުން ފެށިގެން ހުކުރުކުރާ މިސްކިތާއި ހަމައަށް )
  • ގުލޭނޫރަންމަގު 

ގާނޫނުއަސާސީގައިވާ ގޮތުން ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ އޮންނާތީ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް