
ޓިކްޓޮކް މެދުވެރިކޮށް ނަގާފައިވާ މި ވީޑިއޯ އޭނާ ވަނީ އިންސްޓަގްރާމަށް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ފެނިގެންދަނީ ކަޅު ކުލައިގެ ހެދުމެއް އަދި ކަޅު ކުލައިގެ ހީލްއަކަށް އަރައި ހުރެ ގޭގައި މޮޕްލައި މަންޒަރެވެ.
ގޭގައި މޮޕްލުމަކީ އޭނާއަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމަށް ވެސް ބުންޏެވެ.
އުމުރުން 38 އަހަރުގެ ސަނީ، ގޭތެރޭގެ މަސައްކަތް ކުރާ މަންޒަރު ފެނިގެންދިޔައީ ވަރަށް ބޮޑަށް ރީތިވެގެން އަދި މޭކަޕްކޮށްގެން ހުރެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސަނީ ވަނީ ފިރިމީހާ ހައްދާލައި ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ. ސަނީ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރި ވީޑިއޯ އިން ފެނިގެންދަނީ ބަދިގޭގައި އުޅެމުން އޭނާގެ އިނގިލި ބުރިވި ކަމަށް ބުނެ ފިރިމީހާ ތަޅުވާލާ މަންޒަރެވެ. ބިރުން ހަލާކުވެފައި ހުރި އޭނާގެ ފިރިމީހާ ތުވާއްޔެއް ހިފައިގެން އައިސް ސަނީގެ އަތުން ލޭމަނާކުރަން މަސައްކަތް ކުރާ މަންޒަރު ވެސް ފެނިގެންދެ އެވެ.
ސަނީ ލިއޯން އާއި ޑެނިއަލް ވީބާ ކައިވެނީގެ ގޮތުން ގުޅިފައި ވަނީ 2011 ވަނަ އަހަރު އެވެ. މީގެ ތިން އަހަރު ކުރިން މި ދެމަފިރިން ވަނީ އަންހެން ކުއްޖަކު އެޑޮޕްޓްކޮސްފަ އެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި ސަރޮގެސީ މެދުވެރިކޮށް އެމީހުން ވަނީ ދެ ފިރިހެން ކުދިން ވެސް ހޯދާފަ އެވެ.