މި ހާދިސާއާ ގުޅިގެން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ސޯނޫ ސޫދު ބުނެފައިވަނީ، ތައުލީމީ ކަންކަމަށް ބޭނުންކުރުން ފިޔަވައި، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އާއި އޮންލައިން ގޭމިން މަނާކުރަން ނުވަތަ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
ސޯނޫ ސޫދު ފާހަގަކުރި މުހިންމު ނުކުތާތައް:
ކުޑަކުދިންނަށް ބޭނުންވަނީ ގައިޑެންސް، އެލްގޮރިދަަމްއެއް ނޫން: މިއީ ހަމައެކަނި ހިތާމަވެރި ހާދިސާއެއް ނޫން ކަމަށާއި، މިއީ ކުދިން ރައްކާތެރިކުރުމުގައި ވެފައިވާ އިހުމާލެއްކަމަށް އޭނާ ސިފަކުރިއެވެ.
މަރުގެ ސަބަބު: މި ކުދިންގެ މަރުގެ ސަބަބަކީ ފަގީރުކަން ނުވަތަ އަނިޔާވެރިކަން ނޫން ކަމަށާއި، މިއީ އޮންލައިން ގޭމިންގ އާއި ޑިޖިޓަލް އެޑިކްޝަންގެ ސަބަބުން ކުރިމަތިވި، ނުފެންނަ ޕްރެޝަރެއްގެ ނަތީޖާ ކަމަށް އޭނާ ބުންޏެވެ.
އަވަސް ފިޔަވަޅުތަކެއް ބޭނުންވޭ: މިއީ ހަމައެކަނި ހެޑްލައިންއަކަށް ވެގެން ނުވާނެ ކަމަށާއި، ކުދިން ސަލާމަތް ކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ގޮވާލިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނުއެވެ. ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މި ތިން ކުދިން ތިބީ ކޮރެއަން "ޓާސްކް ބޭސްޑް" ގޭމަކަށް ވަރަށް ބޮޑަށް ދެވިހިފައިފައެވެ. އަދި ކޮވިޑް-19 ގެ ދުވަސްވަރުން ފެށިގެން މި ކުދިން ގޭމް ކުޅުމަށް ދެވިހިފައި، ސްކޫލަށް ދިއުންވެސް ވަނީ ހުއްޓާލާފައެވެ. ރިޕޯޓުތައް ބުނާގޮތުން އެންމެ ދޮށީ ކުއްޖާގެ އުމުރުން 16 އަހަރު ވީއިރުވެސް އުޅެނީ ގްރޭޑް 4 ގައެވެ.