ads
އެމްއެމްއޭ
ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި: ރައީސް
ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރު އަރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިދިޔަ އަހަރު އެކަނިވެސް 492 މިލިޔަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، މިހާރު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރުކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ބޭރު ފައިސާއާބެހޭ ގާނޫނު ތަންފީޒުކުރަން ފެށިފަހުން 2025 ވަނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ޑިސެމްބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވޭ. މީގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވި. މި ގޮތުން ބަލާއިރު މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީގައި އެބަހުރި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު މާލީ ނުތަނަވަސްކަމަކަށްވީ 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކު މިއަހަރު އަނބުރާ ދައްކަން ޖެހުން ކަމަށެވެ. މިއީ 2017 ވަނަ އަހަރު ނެގި 250 މިލިޔަން ޑޮލަރުގެ ބޮންޑު ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ބޮޑު އަގުގައި ނަގާފައިވާ ސުކޫކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް