ads
ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަވަނީ
ގަވައިދާ ހިލާފަށް އުޅުނު 11000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: ރައީސް
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަެއްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 11000 ވުރެ ގިނަ މިހާތަނަށް ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިއަހަރަށް ރައްޔިތުން މަޖލިސް ހުޅުވާދެއްވާ ރިޔާސީ ބަޔާނުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހީންނަށް، ވަކިން ހާއްސަކޮށް ދިވެހި ޒުވާނުންނަށް، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ، އަދި އޭގެ ދާއިމީ ހެޔޮ ބަދަލު ގައުމުގެ އިޤްތިސާދަށް ކުރާނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްގެންކަމަށެވެ. 

އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފެށި "ކުރަނގި" އޮޕަރޭޝަންގައި މިހާތަނަށް 205,701 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބައޯމެޓްރިކްސް ނަގައި އަޕްޑޭޓްކުރެވިފައިވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ބަޔޮމެޓްރިކްސް ނުދީ، ވާކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ހޯދި ކާމީޔާބޫގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފޮނުވާލެވުނީ އެންމެ 2649 ބިދޭސީންކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް 11496 ބިދޭސީއެއް ފޮނުވާލާފައިވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުރަނގި އޮޕަރޭޝަންގެ 2ވަނަ ފިޔަވަހި ފަށާ މި ފިޔަވަހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބަޔޮމެޓްރިކްސް ދީ ނަމަވެސް ލީގަލައިޒް ނުވެ ތިބި ބިދޭސީން ލީގަލައިޒްކުރުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މި މަސައްކަތްވެސް މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމަށްޓަކައި މިހާތަނަށް 3837 އެޕްލިކޭޝަން ލިބިފައިވޭ. މީގެ އިތުރުން، 3 މެއި 2026 ގައި ކުރަނގި އޮޕަރޭޝަންގެ 3 ވަނަ ފިޔަވަހި ، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންނާއި ކައުންސިލުތަކާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުން، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ރެގިޔުލަރައިޒް ނުވެ، ސައްހަ ވާކް ޕާމިޓެއް ނެތި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިން އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކުރެވޭނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުރަނގި އޮޕަރޭޝަން 2027 ވަނަ އަހަރުގެ މޭ މަހުގެ 2ވަނަ ދުވަހު ނިމޭއިރު ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭނަމަ އެމީހުންގެ ސައްހަ އަދަދާއި އެއީ ކޮން ބައެއްކަން ކަށަވަރުކުރެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އިތުބާރު ހުރި، ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް