ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖޭން އަމަލުކުރަނީ އެމެރިކާއިން ރުހުން ދިން ގޮތަށް ކަމަށް ބެލެވޭ : ނަޝީދު
ޗާގޯސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި، ރާއްޖޭން މިހާރު އަމަލުކުރަނީ އެމެރިކާއާއި އިނގިރޭސިވިލާތުން ރުހުން ދިން ގޮތަށް ކަމަށް ވެދާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްޔެ އިއްވަވަމުން، މޮރިޝަސްްއާ ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީސް (އިޓްލޮސް) އިން ނިންމާފައިވީ ނަމަވެސް ކުރިން ވެސް އޮތްގޮތަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބެލުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއްޔެ އިއުލާން ކުރައްވާފައެވެ. އެއާއި އެކު ސިފައިން ވަނި އެ ސަރަހައްދު ބަލަހައްޓަން ނުކުމެފައެވެ. 

އިނގިރޭސިވިލާތުން މިދިޔަ އަހަރު ވަނީ އެއްބަސްވުމެއް ގާއިމުކޮށް ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް ދޭން ނިންމައިފައެވެ. އެކަމާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމި ފާޑުވިދާޅުވުމަށްފަހު މިއަދު ވަނީ އިނގިރޭސީންގެ އެ ނިންމުމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މޮރިޝަސް އަށް ޗާގޯސް ދޫކޮށްލަން ހެދި ޑީލުން ޑިއެގޯ ގާސިއާ (ފޯޅަވަހި) ގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަވެ އަދި އެކަމުގެ މައްޗަށް ޔަގީންކަން ބޮޑުވެފައިވާކަމަށް ޓްރަމްޕް މިއަދު ވަނީ ވިދާޅުވެފައެވެ. 

ޓްރަޕްމްގެ މިވާހަކަތައް އައިސްފައި މިވަނީ ކަނޑުގެ އިމުން ފުށުއަރާ ބައިގެ މައްސަލާގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނެސް އެ މައްސަލަ ބަލާ ފިޔަވަޅުވެސް އަޅާނެކަމަށް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. 

މި ހުރިހާ ވާހަކަތަކާއި ގުޅުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގަތީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނޫން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.

" ދިވެހިރާއްޖޭގެ ދައުވާ ބަލަން ޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސީންނަށް މިހާރު ބުނެވޭނެ. ވީމާ ޗާގޯސް މޮރިޝަސްއަށް ދެވެން ނެތް ކަމަށް ވެސް ބުނެވޭނެ،" ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ކޯސްޓްގާޑުން އަމަލުކޮށްފައިވަނީ އެމެރިކާއާއި އިނގިރޭސީންގެ ރުހުމާއެކު ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަޝީދު އެ އިޝާރާތްކުރެއްވީ ރައީސް މުއިއްޒު އިއްޔެ ކުރެއްވި އިއުލާނާއި އެކު ދިވެހި ކޯސްޓްގާޑް އެސަރަހައްދަށް ނުކުމެ ޕެޓްރޯލް ކުރަން ފެށި ފެށުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް