މެމްބަރު އަމީން ވަނީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ރަށްތަކުން ކޮންމެ އަހަރަކު ރައްޔިތަކު އުމްރާއަށް ފޮނުވަން ނިންމަވާފައެވެ.
އެގޮތުން ނޫމަަރާއިން ފޮނުވާ ފުރަތަމަ މީހާ ކަނޑައެޅުމަށް އެ ކަައުންސިލާއި ހަވާލުކުރުމުން ކައުންސިލުން ވަނީ އެކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ނޫމަރާ ކައުންސިލުން ބުނީ މެމްބަރު ދެއްވާ އުމްރާ ދަތުރަށް އެރަށުން ފޮނުވޭ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ އެ ފުރުސަތަށް އެދި ނަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ ބައްދަލުވުމެއްގައި، ނެގޭ ގުރުއަތަކުން ހޮވޭ މީހެއްކަމަށެވެ.
އެހެންކަމުން، އެ ފުރުސަތަށް އެދޭ ނޫމަރާގެ ރަށްވެހިން ނަން ހުށައެޅުމަށް މާދަމާ ހުޅުވާލާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. މިމަހުގެ 9 ވަނަދުވަހަށް މުއްދަތު ހަމަވާ މި ފުރުސަތައް ނަން ހުށައެޅޭނީ ކައުންސިލްގެ ފޯމު މެދުވެރިކޮށްކަމަށް ނޫމަރާ ކައުންސިލުން ބުނެއެވެ.
ކަނޑިތީމު ދާއިރާގަައި ހިމެނޭ ރަށްތަކަކީ ކަނޑިތީމުގެ އިތުރުން، ގޮއިދޫ، ބިލެތްފަހި، ފޭދޫ އަދި ނޫމަރާއެވެ. މި ހުރިހާ ރަށަކަށްވެސް މެމްބަރުން އަމީން އަންނަނީ އުމްރާ ދަތުރެއް ދެއްވަމުންނެވެ.