އުމުރުން 78 އަހަރުގައި ހަސަން އަލީ އަލީ ނިޔާވީ ލޭގެ ޕްރެޝަރު ދަށްވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ. ހަސަން އަލީގެ މައްޗަށް ކުރެވޭ ކަށޫ ނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.
ދިވެހި ފުޓްބޯޅައިގެ ދާއިރާގައި ފާހަގަކޮށްލެވޭ ހަތަރު ހިދުމަތްތެރިންކަމަށްވާ ކޯޗު އަލީ ސުޒެއިނާއި މުހައްމަދު ނަޒީހާއި އިބްރާހީމް ސިނާޒް (ސިނާ) އާއި އަހުމަދު ރިޔާޒް (ގާނާ) އަކީ ހަސަން އަލީގެ ބޭފުޅުންނެވެ.
ހަސަން އަލީއަކީ ގިނަ ޒުވާނުންތަކެއް އެކުވެގެން އުފެއްދި މަޝްހޫރު އީގަލްސްގެ މުހިއްމު ހިއްސާދާރެކެވެ. އެގޮތުން އެ ޓީމު ރަޖިސްޓްރީ ކުރުމުގެ އިތުރުން އެ ޓީމުގެ ފަށައިގަތުމަށްވެސް ބޮޑެތި އެހީތަކެއް ވެދެއްވާ މުހިއްމު ދައުރެއް ހަސަން އަލީ ވަނީ އަދާކުރައްވާފައެވެ.