އެމްޓީސީސީން ކުޅުދުއްފުށީގައި ވޯކްއިން އިންޓަވިއުތަކެއް ބޭއްވި ެއެ ކުންފުންޏަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމަށެވެ. މި އިންޓަވިއުތައް ކުރިޔަށްދިޔައީ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ކުޅުދުއްފުށި ސިޓީ އާރުޓީއެލް ފެރީ ޓާމިނަލްގައެވެ.
އެމްޓީސީސީން ބުނީ މި އިންޓަވިއުއަށް އުއްމީދު ކުރިވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ.
މީހުން ނަގަން ނިންމި މަގާމުތައް
އެމްޓީސީސީން ބުނީ މި އިންޓަވިއުތަކުގެ މައިގަނޑު މަގުސަދަކީ، ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުންކަމަށެވެ.