ads
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް ބައްލަވާ ލައްވަނީ - ފޮޓޯ: ރައީސް އޮފީސް
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް ބައްލަވާލައިފި
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
Advertisement

ބާޒާރުމަތީ ސަރަޙައްދަކީ މަސްމާރު ކޭޓު، ލޯކަލް މާރުކޭޓް، އަދި ދަތުރުވެރިންގެ މާރުކޭޓް ހުންނަ ސަރަޙައްދުގެ އިތުރުން އަތޮޅުތަކަށް މުދާގެންދާ ބޯޓުފަހަރުވެސް ކައިރިކޮށް މުދާ ބާލާ އަރުވާ ހަދާ މައި ސަރަޙައްދެވެ. މަގު ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ.

މި މަގު ތިން ސެގްމަންޓަކަށް ބަހާލައިގެން ތަރައްގީ ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް 9 ގަ އެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރާނެ އެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެ އެވެ. 

މި މަޝްރޫއުގައި ހިމެނޭ ފުރަތަމަ ސެގްމަންޓް ޖުމްހޫރީ، މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގު ހަދައި، އެ ސަރަހައްދު ހުޅުވީ މިދިޔަ ޑިސެންބަރު މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް