ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
"ވެލާނާ އެވޯޑްސް"ގެ ނަމުގައި އޭވިއޭޝަން ހާއްސަ އެވޯޑެއް ދެނީ
"ވެލާނާ އެވޯޑްސް"ގެ ނަމުގައި އޭވިއޭޝަން ދާއިރާއިން ހާއްސަ އެވޯޑެއް ދޭން ނިންމައިފިއެވެ.
Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭ މި އެވޯޑް ދެނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. 

މި ފަހަރުގެ އެވޯޑްގައި  3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ. އެ ދާއިރާތަކަކީ ފަސެންޖާ އެވޯޑްސްއާއި ކާގޯ އެވޯޑްގެ އިތުރުން ލައުންޖް އެވޯޑްސްއެވެ. 

މީގެއިތުރުން  އަހަރުގެ އެންމެ ކާމިޔާބު އެއާލައިން ފާހަގަކޮށް އެ އެއާލައިނަށް ހާއްސަ އެވޯޑެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން  ފުރަތަމަ ފަހަރަށް ދޭ މި އެވޯޑް ދިނުން އޮންނާނީ މި އަހަރުގެ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް