ads
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބައިނަލްއަގްވާމީ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތައް އޮބްޒާވްކުރުމުގެ ތެރެއިން - ފައިލް ފޮޓޯ: އީސީ
އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު ހުޅުވާލައިފި
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އޮބްޒާވަރުންނާއި މޮނިޓާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ 3:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނި ގޮތުގައި ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅާނީ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ. ޖަމްއިއްޔާތަކުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، އެ ޖަމްއިއްޔާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަންއެއް މެދުވެރިކޮށް މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީ އިން ބުނެފައިވެ އެވެ. 

މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށައަޅާއިރު، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކުގެ މައުލޫމާތާއި އަދި މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މައުލޫމާތު ހިމަނަންވާނެ ކަމަށް އީސީން ބުނެ އެވެ. 

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހުމުން އެކަން އީސީއިން އެސްއެމްއެސް އަދި ޕޯޓަލް މެދުވެރިކޮށްވެސް އަންގާނެ އެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފާސް ޑައުންލޯޑް ކުރެވޭނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން އިންތިހާބު ކުރާނެ އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އެ ކޮމެޓީތަކަށް ރައީސުންނާއި މެންބަރުން އިންތިހާބު ކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް