މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދެވެ.
މިއީ ގައުމަށާއި މުޖުތަމައަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް މަސައްކަތުގެ ދާއިރާގައި ހިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ތައާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.
ބިލުގައިވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހިރައްޔިތަކަށް، ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހެޅިދާނެކަމަށެވެ. އުމުރުން 16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުޑަކުދިންގެ ފަރާތުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ ކުއްޖާ އަމިއްލައަށް އެކަމަށް އެދުމުގެ އިތުރުން އެ ކުއްޖާގެ ބެލެނިވެރިންގެ ހުއްދައާއެކުއެގައި ކަމަސް ވަނި ބަޔާންކޮށްފަ އެވެ.
މި ބިލު ގާނޫނަކަށްވުމުން އެކުލަވާލާ ގަވާނިން ކައުންސިލަކީ ދިފާއީ ވަޒީރާއި ދާހިލީ ސިޔާސަތު ތަންފީޒުކުރުމަށް އެއިރެއްގައި ހަވާލުވެގެން ހުންނަ ވަޒީރާއި މާލީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނާ އޮފް ޕޮލިސް ހިމެނޭހެން އެކުލަވާލާ ކައުންސިލެކެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނައިބު ރައީސަކީ ދިފާއީ ވަޒީރު ކަމަށް ބިލުގައިވެ އެވެ.