ads
އިމިގްރޭޝަނުން ހައްޔަރު ކުރި މީހުން
`އެއްބަސްވުމުން އަދަބު ލުއިކޮށްދީފި
އިމިގްރޭޝަންގެ އޮފިސަރު އިބްރާހިމް އަހުމަދުގެ މައްޗަށް ދައުލަތުން ކުރި، ދައުވާތަކަށް އިއުތިރާފުވުމުން، 11 މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
Advertisement

މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި އިބްރާހިމްގެ މައްޗަށްކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.

މި މައްސަލަތަކަށް ޝަރިއަތުގައި އިބްރާހީމްވަނީ އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވެ ދައުލަތާ އެކު ހެދި އެއްބަސްވުމެއް ޝަރިއަތަށް ބަލައިގަނެ، ކްރިމިނަލް ކޯޓުން ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މިދިޔަ ހަފުތާގައި ތިން ދައުވާއާ މެދު ވެސް ގޮތް ކަނޑައަޅައިފަ އެވެ.

އެ އިއުތިރާފުގެ މައްޗަށް ރިއާޔަތްކޮށް، އިއްވާފައިވަނީ، ދައުލަތާ އެކު އެއްބަސްވެފައިވާ ގޮތަށް، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.  ނަމަވެސް، އެ އަދަބުގެ ތެރެއިން ދެ މަސް ދުވަހަކީ ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފަ އެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 62،400ރ. އެވެ.

ފޭރުމުގެ ދައުވާއާ ގުޅިގެން އިއްވާފައިވަނީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ އަދަބުގެ ހަތް މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 130،800ރ. އެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި، ބިދޭސީ މީހާއަށް 50،000ރ. ދޭން އިބްރާހިމް އަހުމަދަށް އަންގާފައިވެ އެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާ ގުޅިގެން އިބްރާހިމްގެ މައްޗަށް އިއްވީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމްގެ ތެރެއިން ދެ މަހަކީ ޖަލު އަދަބު ކަމަށް ކަނޑައަޅައި، ބާކީ ބައި ޖޫރިމަނާއަށް ބަދަލުކުރި އެވެ. ޖޫރިމަނާގެ ގޮތުގައި ކަނޑައެޅީ 62،400ރ. އެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބިދޭސީއަކަށް 3،500 ޑޮލަރު ދޭން ވެސް އެންގި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް