އެމްއެންޔޫއިން ބުނީ އަލަށް ޕީއެޗްޑީއަށް ކިޔަވާދޭން ފަށާ ކޯސްތައް ހިންގަނީ ދިވެހި ސަގާފަތާއި ތާރީހުގެ ދާއިރާއާއި ސޯޝަލް ސައިންސް އަދި ޤާނޫނީ ދާއިރާއިން ކަމަށެވެ.
އެމްއެންޔޫއިން އަލަށް ފަށާ ޕީއެޗްޑީ ކޯސްތައް
މީގެއިތުރުން މާސްޓާ އޮފް ރިސާޗް އިން އިންޖިނިއަރިން ސައިންސް ، މާސްޓާ އޮފް ސައިންސް އިން ކޮމްޕިއުޓާ ސައިންސް އަދި މާސްޓާ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ކޯސްތައްވެސް އަލަށް ފެށުމަށް އެމްއެންޔޫއިން ވަނީ ނިންމާފައެވެ.
މި ހުރިހާ ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ އިންޓޭކުގައި ކަމަށް އެމްއެންޔޫއިން ބުނެ އެވެ. އަލަށް ފަށާ ކޯސްތަކާއެކު އެމްއެންޔޫއިން ހިންގާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ އަދަދުވަނީ، 21 އަށް އަރާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;