ads
ކަޅުސައި ތައްޓެއް
އުމުރު ދިގުކުރަން ކަޅުސައި ބޮވިދާނެ!
ކަޅު ސަޔަކީ ދިވެހިންގެ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބުއިމެކެވެ. ނަމަވެސް މިއީ ހަމައެކަނި ފޫހިފިލުވާލަން ބޯ އެއްޗެއް ނޫންކަން މިހާރުގެ ދިރާސާތަކުން ވަނީ ސާބިތުވެފަ އެވެ.
Advertisement

އެމެރިކާގެ ނޭޝަނަލް ކެންސަ އިންސްޓިޓިއުޓުން ހެދި ދިރާސާއެއްގައި ބުނާގޮތުން، ކޮންމެ ދުވަހަކު ދެ ތަށި ނުވަތަ އެއަށްވުރެ ގިނައިން ކަޅު ސައި ބޯ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑެވެ. މި ދިރާސާގައި ބައި މިލިއަނެއްހާ މީހުންގެ މައުލޫމާތު ބޭނުންކޮށްފައިވާއިރު، ސައި ބުއިމަކީ މަރުވުމުގެ ނުރައްކާ 9 ޕަސަންޓު ދަށްކޮށްދޭ ކަމެއް ކަމަށް ވަނީ ދައްކާފައެވެ.

ކަޅު ސައިގައި ހިމެނޭ "އެންޓި-އޮކްސިޑެންޓް" މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ. ހާއްސަކޮށް އޭގައި ހުންނަ ފްލެވަނޮއިޑްސްގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. 

މީގެ އިތުރުން، ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރިކުރުމަށާއި، ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމަށް ވެސް ކަޅު ސައި އެހީތެރިވެދެއެވެ. ބައެއް މާހިރުން ވިދާޅުވާ ގޮތުގައި ހަކުރު ނާޅައި ކަޅު ސައި ބުއިމަކީ ބަރުދަން ކޮންޓްރޯލް ކުރުމަށް ވެސް އެހީއަކަށް ވެއެވެ.

ސިއްހީ ފައިދާތަކުގެ އިތުރުން، ކަޅު ސައިގައި އެކުލެވޭ ކެފެއިންގެ މިންވަރަކީ ސިކުނޑި ހޭލައްވާލައި، ސަމާލުކަން އިތުރުކުރުމަށް އެކަށީގެންވާ މިންވަރެކެވެ. ކޮފީ ބުއިމުން ބައެއް މީހުންނަށް ދިމާވާ ހާސްކަން ނުވަތަ ތުރުތުރުއެޅުން ކަޅު ސައި ބުއިމުން ދިމައެއް ނުވެ އެވެ. 

އަދި ބަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ ރަނގަޅު ބެކްޓީރިއާ އުފެއްދުމަށް ވެސް މިއީ މުހިންމު ބުއިމެކެވެ. އެހެންކަމުން، ދުވާލަކު މަދުވެގެން އެއް ތަށި ކަޅު ސައި ބުއިމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ވަރަށް ފަސޭހަ އަދި މުހިންމު ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް