ބާޒަރުމަތީ މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަގުގެ 9 ވަނަ ދުވަހުއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދަވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށް މަގު ހަތަރު ލޭނަށް ވަނީ ބޮޑުކޮށްފައެވެ. މި މަސައްކަތުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއް ވަނީ ޝީޓް ޕައިލްކޮށް ބިންވެސް ވަނީ ހިއްކާފައެވެ.
ބާޒާރުމަތީ މަގު ނިންމާ އަންނަ ރޯދައިގެ ކުރިން ހުޅުވާލަން މަސައްކަތް ކުރަމުން އަންނައިރު އެ މަގުގައި ތާރު އަޅާ ރޭ ވަނީ ނިންމާލާފައެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އާއްމުކޮށް މަގު ހުޅުވާލަން އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއުގެ އަގަކީ 144،509،024.16 ރުފިޔާއެވެ.