ads
ފޮޓޯ
ޓެންޒޭނިއާ ގައި ބަކައްޓަކާއި ފަޅޮލެއް ކޮވިޑް-19 އަސް ޕޮޒިތިވް ވެއްޖެ
އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޓެންޒޭނިއާގައި ދޫންޏަކާއި ފަޅޮލެއްގެ އިތުރުން ބަކައްޓެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓެންޒޭނިއާގެ ރައީސް ޖޯން މުގުފުލީ އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށް ނޭނގޭ ގޮތަށް އޭނާ ވަނީ މޭވާ އާއި ޖަނަވާރުން އަދި ޕެޓްރޯލް ފަދަ ތެޔޮ ވެސް ކޮވިޑް-19 އަށް ޓެސްޓްކޮށްފަ އެވެ. 

އެގޮތަށް ޓެސްޓު ކުރި އިރު، ފަޅޮލަކާއި، ބަކައްޓެއް އަދި ދޫންޏެއް ވަނީ ވައިރަހަށް ޕޮޒިޓިވް ކަމަށް ދައްކާފައި ކަމަށް އޭނާ ވިދާޅުވެ އެވެ. 

ސާމަޕްލަތަކުގައި އިންސާނުންގެ ނަމާއި އުމުރު ޖެހުމަށްފަހު ލޭބަލްކޮށް ޓެންޒޭނިއާގެ ލެބޯޓަރީއަށް ޓެސްޓު ކުރުމަށް ހަވާލު ކުރެވުން ކަމަށާއި ލެބޯރެޓަރީގައި މަސައްކަތް ކުރާ ޓެކްނީޝަނުންނަށް ވެސް ސާމްޕަލް ނަގާފައިވަނީ ކޮން އެއްޗަކުން ކަން އަންގާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ނަތީޖާ ލިބުނުއިރު ބަކަރި އަދި ފަޅޮލުން ނެގި ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވަނީ ދައްކާފަ އެވެ. 

މި ސަބަބާހުރެ ރައީސް ޖޯން މުގުފުލީ ވިދާޅުވީ އެގައުމުން ކުރިން ހެދި ޓެސްޓްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންނަކީ ހަގީގަތުގައި މި ބައްޔަށް ޕޮޒިޓިވް ނުވާ ބައެއް ކަމަށް ވެދާނެ ކަމަށެެވެ.

މިކަމާއި ގުޅިގެން މުގުފުލީ ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އެ ގައުމުގައި ބޭނުން ކުރަމުން އަންނަ ކިޓު ތަކާއި މެދު ސުވާލު އުފައްދަވާފަ އެވެ.

މި ކިޓުތައް އެތެރެކޮށްފައި ވަނީ ބޭރުންކަމަށް ވިދާޅުވެފައިވީ ނަމަވެސް ކިޓުތައް ގެނައީ ކޮން ގައުމަކުން ކަމެއް ހާމައެއް ނުކުރައްވަ އެވެ. އަދި ޓެސްޓު ކިޓުތަކުގެ ކޮލިޓީ ޓެސްޓު ކުރުމަށް ޓެންޒޭނިއާގެ ސަލާމަތީ ބާރުތަކަށް މުގުފުލީ ވަނީ އަމުރުކުރައްވާފަ އެވެ.

މުގުފުލީގެ ސަރުކާރުން ކޮވިޑް-19 ފެތުރިގެން އަންނަ ކަން ސިއްރުކުރުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުތައް ކުރިން އިވުނެވެ. އަދި މިބަލީގެ އަސަރު މީހުން ހީކުރާހާ ބޮޑު ނޫން ކަމަށް ވެސް މުގުފުލީ ވަނީ ކުރިން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް