ads
އުރީދޫގެ 15 ވަނަ އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް އަލީ ރިޒާ
އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގައި އުމްރާ ދަތުރު ލިބޭ 15 ވަނަ ނަސީބުވެރިއަކަށް އަލީ ރިޒާ، ބ. ކެންދޫ ހޮވިއްޖެ އެވެ.
Advertisement

އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭ ކެމްޕެއިނެކެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭއިރު ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް

  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން.
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން.
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން.

އުރީދޫއިން ވަނީ 20 އަހަރުގެ ކުޑަމުއްދަތުގައި މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ތިރީގައިވާ އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް