ads
ކާއެއްޗިހި ތަކެއް މަގުމައްޗަށް އުކާލާފައި
ކާތަކެތި އިސްރާފުކުރުމާއި އެތަކެއްޗަށް ބޮޑާ ހޭކުން ދޫކުރާކަށް ނުވޭތަ؟
ރޯދަ މަހަކީ އަޅުކަމުގެ މައްސަރުކަމަށްވާއިރު ކާބޯތަކެތި އިސްރާފުކުރުމާއި ކާތެއްޗަށް ބޮޑާހޭކުމަކީ އަދިވެސް ދިވެިހިންނަށް ދުރުނުވެވި އޮތް ގޯސް އަމަލުތަކެކެވެ. އަދި އެކަމަކު މިކަން ރަނގަޅުކުރަން ވެސް ސަމާލުކަން ދޭތަން ފެނިގެނެއް ނުދެ އެވެ.

ދިވެހިން ދިރިއުޅުން ބައްޓަންވެފައިވާ ގޮތުން ރޯދަ މަހަކީ ކޮންމެ ގެއަކުން ވެސް ވަރަށް ގިނަ ކާބޯތަކެތި ތައްޔާރުކުރާ މަހެކެވެ. އެގޮތުން ރޯދަ ވީއްލާ ވަގުތަށް ސުފުރާ މަތި އޮންނަނީ އެކި ކާ އެއްޗެހިން ފުރާލާ މޭޒުމަތި ތިޔާގި ކޮށްލާފަ އެވެ.

ނަމަވެސް އެވަރަށް ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރެވޭއިރު ވެސް އެ ތަކެއްޗަށް ފާޑުކިޔުމާއި ބޮޑާހޭކިދާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އަދި ރޯދައަށް ހުރުމުން ބަނޑުހައި ހޫނުކަން އިހުސާސްކުރެވި ހަދާތަކެތި ޑަސްބިނަށް އަޅާ އުކާލެވެނީވެސް ވަކި މަދެއްކޮން ނޫންނެވެ.

ކޮންމެއަކަސް ގޭގައި ރޯދަ ވީއްލުމަށް ހަދައި ކާބޯތަކެއްޗަށް ފާޑުކިޔާއިރު ވިސްނާލާށެވެ. އަހަރުމެންނަށް މީރު ކާތަކެތި ތައްޔާރުކޮށް ކެއުމުގެ ނަސީބު ލިބުމުން ޝުކުރު ނުކުރަންވީ ކީއްވެ ހެއްޔެވެ؟ މި މަހުގައި ރޯދަ ވީއްލަން ކާނެ އެއްޗެއް ނެތި އުޅޭ މުސްލިމުން މަތިން ހަނދާންކޮށްލުން މުހިންމު ކަމެކެވެ. ރޯދަ ވީއްލަން ކާއެތިކޮޅު ނުލިބޭ މީހާ، ލިބުނު މިންވަރަށް ޝުކުރުކޮށްލައިގެން ބޮޑާ ނުހާކާ ކާއިރު ވަކި އެކަން އަހަރެމެންނަށް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟

އަހަރުމެން ދިވެހިން ބޭނުންވާ ވަރަށް ކާނެ ތަކެތި ލިބޭއިރު އެކަމުގައި ޝަކުވާ ކުރަންވީ ސަބަބެއް ނުވިސްނުނެވެ. އަދި ދުނިޔޭގެ ކާނެ އެއްޗެއް ނުލިބި ދިރިއުޅޭ މީހުންނާއި މި މާތް މައްސަރުގައި ރޯދަ ވީއްލަން ކާނެ އެއްޗެއް ނެތި ތިބޭ މީހުންގެ މަތިން ހަދާންކޮށް ދެއްވި މިންވަރަށް ރުހި ޝުކުރުކުރަން ދަސްކުރަން ޖެހެ އެވެ.

މިފަދަ ބަރަކާތްތެރި މަހުގައި އަޅުކަން ކުރަމުންދާއިރު މާތްﷲ ރުއްސަވާ ކަންކަން ކުރުން މުހިންމެވެ. އެގޮތުން ރޯދަ ވީއްލުމަށް ކާބޯތަކެތި ތައްޔާރުކުރުމުގައި ވެސް އިސްރާފުނުވާ ވަރަށް ތަކެތި ތައްޔާރުކުރުން މުހިންމެ އެވެ. އިސްރާފު ކުރުމަކީ މާތްﷲ ރުހި ވޮޑިގެން ނުވާ ކަމަކަށް ވާއިރު ކާތަކެއްޗަށް ފާޑު ކިޔުމަކީ ވެސް ރުހި ވޮޑިގެން ނުވާ އަމަލެކެވެ. އެހެންކަމުން ދެއްވި މިންވަރަށް ޝުކުރު ކުރުމާއެކު ބޮޑާ ހޭކުން ދޫކޮށްލަންޖެހެ އެވެ.

ރޯދަ ވީއްލަން ތައްޔާރުކުރެވޭ ކާބޯތަކެއްޗަށް ފާޑު ކިއުމަކީ އަހަރެމެންގެ މުޖުތަމައު ފެންނަ ވިޔާނުދާ ނުބައި ސިފައެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް