ads
ރަށެއްގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރަނީ
މަސްކޭސް ނުނަގާ މީހުންނަށް މުލަރޯދަގެ ނިޔަލަށް މިފްކޯއިން ލިބޭނެ
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްކޭސް ނުނަގާ މީހުންނަށް މުލަރޯދަގެ ނިޔަލަށް ލިބޭނެކަމަށްވެސް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

ރޯދަ ހަދިޔާއަށް ދޭ މަސްދަޅޫ ކޭސް ބަހަން މާލޭ ސަރައްހައްދުގައި ފެށީ މިދިޔަ މަހުގެ 24 ގައެވެ. އެގޮތުން މާލޭގެ 15 ސަރަހައްދަކުން މަސްދަޅު ކޭސް ބެހުމުގދެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. 

އެ ތަންތަނުން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ރޭ ވަނީ ނިންމާލާފައެވެ. މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލި ނަމަވެސް އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް މުލަ ރޯދަ ދުވަހާ ހަމައަށް މަސްދަޅު ކޭސް ލިބޭނެކަމަށެވެ. އަދި ދެން މަސްދަޅު ކޭސް ދޫކުރުމުންދާނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 ން 11.00 އަށް ކަމަށް މިނިސްޓަރު އާދަމް ޝަރީފު ވިދަޅުވީއެވެ. 

ރޯދަމަހަށް ހާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118،773 ގޭބީސީއަކަށް މަސް ކޭސް ބަހާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ، އަތޮޅުތަކުގެ ރަށްތަކުގެ 56،918 ގޭބީސީއާއި މާލެ ސަރަހައްދުގައި ހިމެނޭ 61،755 ގޭބީސީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް