ads
އެފްއައިޔޫގެ އާ ވެރިއަކަށް އައްޔަން ކުރެއްވި އިސްމާއީލް ސާޖިދު--
ސާޖިދު އެފްއައިޔޫ އިން ވަކިކުރި މައްސަލަ ކޯޓަށް
ސަސްޕެންޑު ކޮށްފައި ބެހެެއްޓުމަށްފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދު އެ މަގާމުން ވަކިކުރި މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ.
Advertisement

ސާޖިދު ވަކިކުރި މައްސަލަ އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ސާޖިދު މަގާމުން ވަކިކުރީ މިދިޔަ މަހުގެ 29 ގައެވެ. 

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ސާޖިދު އެ މަގާމަށް އައްޔަން ކުރެއްވީ, ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކޮށްފައެވެ. 

އެހެންނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސާޖިދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް މަގާމުން ސަސްޕެންޑުކުރިއެވެ.

ސާޖިދުގެ މި މައްސަލަ ބެލީ އެމްއެމްއޭގެ ކޮމެޓީއަކުންނެވެ. އެ ކޮމެޓީން ވަނީ ސާޖިދު ޖިންސީ ފުރައްސާރަ ކުރި ކަމަށް ސާބިތުވާ ކަމަށް ނިންމާފައެވެ. އަދި އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމާ އެ ނިންމުން ވަނީ އެމްއެމްއޭގެ މެނޭޖްމަންޓަށް އަންގާފައެވެ. ކޮމއޓީގެ ލަފަޔާއި އެކު ސާޖިދު ވަނީ ހަމަ އެދުވަހު މަގާމުން ވަކިކޮށްފައެވެ.

ސާޖިދު ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އެމްއެމްއޭގެ ކޮމިޓީއަކަށް ހުށަހަޅައި ސާބިތުވާ ކަމަށް ނިންމީ، އެ މައްސަލަ ހުށަހެޅި ފަރާތުން ދޮގުތަކެއް ހަދާފައިވާކަން އެނގެން އޮއްވާ ކަމަށެވެ. 

އޭގެއިތުރަށް، މި މައްސަލައިގައި އަޅާފައިވަނީ ގާނޫނީ ހަމައިގެ މަތިން އަޅާފައިވާ ފިޔަވަޅެއް ނޫންކަން ތަފުސީލު ބެލި ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށް ސާޖިދު ގަބޫލުކުރައްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް