އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރަން ނަން ހުށައެޅި ފަރާތްތަކަށް ނަން އަނބުރާ ނެގުމަށް އޮތް ވަގުތު މިއަދު 10:00 ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ނަން އަނބުރާ ނަގަން ދިން ވަގުތު ހަމަވިއިރު 32 މީހަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ. އޭގެ ތެރެއިން 31 މީހުންނަކީ އަންހެނުން ކަމަށާއި އެއީ މުޅިންވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ވާދަކުރަން ނަން ހުށައެޅި ފަރާތްތައްކަމަށެވެ.
އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި 5 ސިޔާސީ ޕާޓީއަކުން 1116 މީހުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަނީ 267 ކެންޑިޑޭޓުންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް
ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.