ads
ވަޓްސްއެޕްއަކީ ރަޝިޔާގެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެޕެއް
ރަޝިޔާގައި ވަޓްސްއެޕް މަނާކޮށްފި
ރަޝިޔާއިން މެސެޖިން އެޕް ވަޓްސްއެޕް ބްލޮކް ކުރުމަށް އަމުރުކޮށްފި އެވެ.
Advertisement

ރަޝިޔާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ވަޓްސްއެޕް މަނާކުރަން ޖެހުނީ ރަޝިޔާގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ކަންކަމަށް ތަބާވުމަށް އިންކާރުކުރަމުން ދާތީ ކަމަށެވެ. 

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ހިންގާ ސޯޝަލް މީޑިއާ އެޕްތައް ބޭނުން ކުރުމުގައި ރަޝިއާގައި އަބަދު ވެސް ހިފަހެއްޓުންތަކެއް ގެންގުޅެ އެވެ. އެގޮތުން ޓެލެގްރާމަކީ ވެސް އެފަދަ އެޕެކެވެ. ވަޓްސްއެޕް އެގޮތަށް ޓެލެގްރާމަކީ ވެސް ރަޝިއާގެ ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.

ވަޓްސްއެޕް ބްލޮކްކޮށް، ރަޝިއާ އިން މަސައްކަތް ކުރަނީ އެ ގައުމުގެ އަމިއްލަ އެޕެއް ކަމަށްވާ މެކްސް ޕްރޮމޯޓް ކުރުމަށެވެ.

ޔުކްރެއިނާ ހަނގުރާމަ ކުރަމުންދާއިރު ރަޝިޔާގައި ވަޓްސްއެޕް މަނާކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ، ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ މީހުން ގެންދަނީ ފާޑު ކިޔަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް