ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް
ނައިފަރު މަޝްރޫއުތައް ހަލުވި ކުރަން ޕީއެންސީ ކެންޑިޑޭޓުން ހޮވަންޖެހޭ: ޝިޔާމް
ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިހާބުގައި ނައިފަރު ކައުންސިލަށް ކުރިމަތިލައްވާފައިވާ ޕީ.އެން.ސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް އެ ކެންޑީިޑޭޓުންނަށް އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށްދިނުމަކީ ނައިފަރުގެ ތަރައްގީގެ މަޝްރޫއޫތައް ބާރަށް ގެންދިއުމަށް ކޮންމެހެންވެސް މުހިންމުކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ކޮންގްރެސްގެ ކެންޑިޑޭޓުންގެ ފޮޓޯއަކާއެކު ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ޝިޔާމަކީ މި ފަހުން ނައިފަރުން އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ލީޑަރެވެ. ނައިފަރު ދާއިރާގެ މަޖިލީސް މެންބަރު ކަން ވެސް ދެ ދައުރު ކުރައްވާފައިވެ އެވެ.

"ރައްޔިތުން އެދޭނީ މިއިން ކޮންމެ މަޝްރޫއެއް ވެސް އެކަށީގެންވާ އަވަސްމިނެއްގައި ނިންމާ އެތަންތަނުގެ ހިދުމަތް ލިބި ރަށް ބާރަށް ތަރައްގީވުމަށް. ނައިފަރަކީ މެދު އުތުރުގެ ތަރައްގީގެ މައިތަނބެއް ކަމުގައިވުމަށް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ހަލުވިމިނުގައި މިކަންކަން ކުރިއަށް ގެންގޮސް ނިންމުމުގައި ރަށު ކައުންސިލްގެ ދައުރު އިންތިހާއަށް ބޮޑު،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަސައްވަރު ކުރާގޮތަށް ރަށުގެ ތަރައްގީއާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމުގައި، އެ ނިޒާމަށް ފަރިތަ، އަހުލުވެރި ބަޔަކު ކައުންސިލްގައި ތިބުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. 

އެގޮތުން ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއާއެކު މިހާރުވެސް ކައުންސިލްގައި ތިބި ދެ މެންބަރުން ހިމެނޭހެން އިންތިހާބުގައި ކައުންސިލްގެ މެންބަރުކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓުންނަކީ ތަޖުރިބާކާރު، ގާބިލް، އެންމެންނާ ގުޅޭ ރަށުގެ ކުރިއެރުމާއި ތަރައްޤީގެ ރޭހުގައި ނަތީޖާ ނެރެދޭނެ ކެންޑިޑޭޓުން ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް