އެ މަނިކުފާނު އެހެން ވިދާޅުވީ، އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ދ. ކުޑަހުވަދޫން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން އެ ރަށުގައި ބޭއްވި ޖަލްސާގަ އެވެ.
ފައިސަލް ނަސީމް ވަނީ ފުރުސަތުގެ ބޭނުން ހިފާ ވިސްނުންތެރި ކަމާއެކު ކައުންސިލް އިންތިހާބުގައި ބައިވެރިވެ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނެ އަދި ރައްޔިތުންގެ ބަސް އިއްވުމާއި ތަރައްގީގައި ރައްޔިތުންގެ ހިއްސާ އޮންނާނެ ގޮތަކަށް ވޯޓު ދިނުމަށް ގޮވާލައްވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ހުރިހާ އެންމެންނަށް ވަޒީފާ ދިނުމުގެ ސަބަބުން ކަންނެތްކަން އިތުރުވެފައިވާ ކަމަށެވެ. ވިދާޅުވީ، ވަޒީފާގެ ބިރުވެރިކަން އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށާއި ހަގީގަތަކީ އެ ބިރުވެރިކަން ދިވެހިން ނިންމާލާފައިވާ ކަން ކަމަށެވެ.
ފައިސަލް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުގައި ތިބޭ މީހުންނަށް ވެސް މުސާރަ ދެނީ ދިވެހި ރައްޔިތުން ކަމަށާއި ވަޒީފާ ގެއްލިދާނެތީ ބިރުގަންނަން ނުޖެހޭނެ ކަމަށެވެ.
ކުޑަހުވަދޫގެ ރައްޔިތުންގެ ކިބައިން ފައިސަލް އެދިވަޑައިގަތީ އެ މީހުންނާ ގުޅުން ހުރި އެންމެންގެ ވޯޓު އެމްޑީޕީއަށް ހޯދައި ދިނުމަށެވެ.