މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:54 ހާއިރުއެވެ. "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ކ.ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށް ދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށެވެ.
ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކޯސްޓްގާޑުގެ އުޅަނދަކުން ކުރި އެވެ. ދޯނީގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.