އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 17 ގޮނޑިއަށް 51 ކެންޑިޑޭޓުން ވާދަކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Advertisement
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އޭފްޕރިމްހަުގެ 4 ވަނަދުވަހުއެވެ. އިންތިހާބުގެ ފޯރި ގަދަވެ މުޅި ރާއްޖޭގައި މިހާރުވަނީ ކެމްޕެއިންތައް ފެށިފައެވެ. އިންތިހާބުގައި އެންމެ ފޯރި ގަދަ އެއް ދިމާލަކީ މާލެ ސިޓީއެވެ.
އީސީން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު މާލޭގެ މޭޔަރުގެ އިތުރުން ދެ ހިމެނޭ 17 ދާއިރާއަށް 51 ކެންޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މޭޔަރުގެ މަގާމާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާއާއި މާފަންނު ހުޅަނގު ދާއިރާގެ އިތުރުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި) އަށެވެ. މާލޭ ސިޓީގެ ހުރިހާ ދާއިރާއަކަށްވެސް ވެރިކަންކުރާ ޕީއެންސީއާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ވާދަކުރެެއެވެ.
މާލޭގެ ސިޓީ ކައުންސިލަށް ވާދަކުރާ ދާއިރާތަކާއި ކެންޑިޑޭޓުން
މޭޔަރު
- އަހްމަދު އައިހަމް މުހައްމަދު / އަމިއްލަގޮތުން
- އިސްމާއީލް ޒަރިޔަންދު / އަމިއްލަގޮތުން
- އާދަމް އާޒިމް / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- މޫސާ އަލީ ޖަލީލް / ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް
- އަބްދުﷲ މަހްޒޫމް މާޖިދު / މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް
ހުޅުމާލެ ދެކުނު ދާއިރާ
- އަހްމަދު އުބައިދު (އުބޭ) / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- އަހްމަދު ގާލިބު / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- މުހައްމަދު ނަޝީދު އްބްދުﷲ (މޮސްޓާ) / އަމިއްލަގޮތުން
މެދުހެންވޭރު ދާއިރާ
- އަބްދުﷲ އަތޫފް / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- މީކާއީލް މުޙައްމަދު ރިޔާޟް / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- އަހްމަދު ރިޔާޒް / އަމިއްލަގޮތުން
- ހަމްދާން ޖައުފަރު / އަމިއްލަގޮތުން
ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި)
- އާއިޝަތު ނާޒިމާ (ނާޒީ) / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- ފާތިމަތު ޝިފާ (ޝިފާ) / އަމިއްލަގޮތުން
- އާމިނަތު ރިޝްފާ އަހްމަދު، / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ހެންވޭރު އުތުރު ދާއިރާ (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި)
- އާއިޝަތު ނިޒްލީ ރަޝީދު (ނިންނި) / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- ފާތިމަތު ލައިޒާ / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
ގަލޮޅު އުތުރު ދާއިރާ (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި)
- މަރްޔަމް ރީޙާން ނާޒިމް (ރީނު) / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- އާމިނަތު އިރާޝާ މުހައްމަދު (ފެރޯ) / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- ޝަމްސިއްޔާ އުމަރު (ކުޑަފަރު) / އަމިއްލަގޮތުން
ގަލޮޅު ދެކުނު ދާއިރާ
- އިސްމާއީލް ހަލީމް (ޤުއްދޫސް އިއްސެ) / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- އުހުދު ޝަރީފް / އަމިއްލަގޮތުން
- އިބްރާހީމް މުހައްމަދު / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
މައްޗަންގޮޅި އުތުރު ދާއިރާ
- އާދަމް ޢަދީމް / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- އިބްރާހީމް ފާތިހި / އަމިއްލަގޮތުން
- ހަދީޖާ މުހައްމަދު (ހައްޖަ) / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
މައްޗަންގޮޅި ދެކުނު ދާއިރާ
- ފަރުޙާން ޝަފީއު / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- ރިފްއަތު ޝަރީފް (ރިއްޕެ) / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
މާފަންނު އުތުރު ދާއިރާ
- ހުސައިން ފުރުޝާން / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- އަހްމަދު މުހައްމަދު (މަލޭ) / އަމިއްލަގޮތުން
- އަހްމަދު ފައިސަލް / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
މާފަންނު ހުޅަނގު ދާއިރާ
- މުހައްމަދު ރިލަވާން އަލީ / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- މުހައްމަދު އަރީޝް / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- މޫސާ ހާޝިމް / އަމިއްލަގޮތުން
- އިބްރާހީމް އަބޫބަކުރު / އަމިއްލަގޮތުން
މާފަންނު މެދު ދާއިރާ (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި)
- އަޒްރާ މޫސާ (އަޒްރާ) / އަމިއްލަގޮތުން
- އާސިޔަތު ރީސާ މުހައްމަދު / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- އާއިޝަތު ހަނާ / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
މާފަންނު ދެކުނު ދާއިރާ
- އިބްރާހީމް ލަބާން ޝަރީފް، / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- ހަސަން ނިޒާމް (ޒާމްބެ) / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ވިލިމާލެ ދާއިރާ
- ޝަރީފާ ސައީދު / އަމިއްލަގޮތުން
- އަހްމަދު ޝާމިން ރަފީއު (ޝާމިން ދޮންބެ) / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- އިބްރާހީމް ސަމާހް (ސަމަރޭ) / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ހެންވޭރު ހުޅަނގު ދާއިރާ
- ފާތިމަތު ސަހުލާ (ޝަހޫ ރިޒާ) / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- ނަހުލާ އަލީ، / އަމިއްލަގޮތުން
- މުހައްމަދު ޝުހާދު މުސްތަފާ (ޝުހާދު) / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- އާމިނަތު އަރޫޝާ އިބްރާހީމް (ޢަރޫޝާ އާންޓީ) / އަމިއްލަގޮތުން
މައްޗަންގޮޅި މެދު ދާއިރާ (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި)
- ފާތިމަތު ރަޝްފާ / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- މަރްޔަމް ޝިފާނާ ހުސައިން / އަމިއްލަގޮތުން
- ހައްވާ ޝިފާނާ (ޗިއްޕު) / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
ހުޅުމާލެ މެދު ދާއިރާ
- ސަފާތު އަހްމަދު ޒާހިރު، / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- އާދަމް އާސިފް (ލޯޔަރު އާސިއްޕެ) / އަމިއްލަގޮތުން
- އަހްމަދު ސަނީހް ހަނީފް / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ހުޅުމާލެ އުތުރު ދާއިރާ (އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި)
- ނިސްރީނާ މޫސާ (ނިޝް) / އަމިއްލަގޮތުން
- ފާތިމަތު ޒަހިއްޔާ (ޒާޔާ / ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
- ފާތިމަތު ޝައުފާ ސަލީމް (ޝައު) / ޕީޕަލްސް ނޭޝަނަލް ކޮންގްރެސް
- މައިމޫނާ ޝަފީޤު / އަމިއްލަގޮތުން
އަންނަ އޭޕްރިލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ވަނީ ބުނެފައެވެ.
ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.