ads
ޕީއެންސީގެ ބޮޑު އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސަގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ވޯޓަށް ނުގޮސް ޕީއެންސީއަށް 28 ގޮނޑި، އެމްޑީޕީއާ އަދާލަތަށް އެއް ގޮނޑި
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވޯޓަކަށް ނުގޮސް ގިނަ އަދަދެއްގެ ގޮނޑި ޕީއެންސީން ނަގާއިފިއެވެ.
Advertisement

އަންނަ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނެރުނީ ވެރިކަން ކުރާ ޕީއެންސީންނެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ  ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިހާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިއުލާނުކުރުމުގެ ކުރިން ނަންއަނބުރާ ގެންދިޔުމާ ގުޅިގެން ބައެއް ކެންޑިޑޭޓުން ވޯޓަކާއި ނުލާ ހޮވިފައިވާކަމަށެވެ. އެގޮތުން އެންމެ ގިނަ ގޮނޑި ލިބިފައިވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. އެ ޕާޓީއަށް ވޯޓަކަށް ނުގޮސް 28 ގޮނޑި ވަނީ ލިބިފައެވެ. އަދި އިދިކޮޅު އެމްޑީޕީއަށް އެއް ގޮނޑި އަދި އަދާލަތު ޕާޓީއަށްވެސް ވަނީ ގޮނޑިއެއް ލިބިފައެވެ. 

ޕީއެންސީންއަށް ލިބުނު ކައުންސިލް ގޮނޑިތައް 

  • ހއ. ތުރާކުނު ކައުންސިލްގެ މެންބަރު
  • ހއ. އުތީމު ކައުންސިލްގެ ރައީސް
  • ހއ. އުތީމު ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި
  • ހއ. ބާރަށް ކައުންސިލްގެ ރައީސް
  • ރ. ފައިނު ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި
  • ރ. ކިނޮޅަސް ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި
  • ބ. ދޮންފަން ކައުންސިލްގެ މެންބަރު
  • ބ. އޭދަފުށި ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި
  • ކ. ގުޅި ކައުންސިލްގެ މެންބަރު
  • އއ. ހިމަންދޫ ކައުންސިލްގެ ރައީސް
  • އއ. ހިމަންދޫ ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި
  • އދ. ކުނބުރުދޫ ކައުންސިލްގެ ރައީސް
  • އދ. ކުނބުރުދޫ ކައުންސިލްގެ މެންބަރު
  • އދ. މަންދޫ ކައުންސިލްގެ ރައީސް
  • އދ. ދިއްދޫ ކައުންސިލްގެ ރައީސް
  • ވ. ފުލިދޫ ކައުންސިލްގެ މެންބަރު
  • އދ. ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި
  • ވ. ފެލިދޫ ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި
  • ވ. ފެލިދޫ ކައުންސިލްގެ މެންބަރު
  • ވ. ފެލިދޫ ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި 
  • ވ. ފެލިދޫ ކައުންސިލްގެ މެންބަރު 
  • މ. ރަތްމަންދޫ ކައުންސިލްގެ މެންބަރު 
  • ތ. ވިލުފުށި ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ 2 ގޮނޑި 
  • ތ. ވިލުފުށި ކައުންސިލްގެ މެންބަރު 
  • ލ. މުންޑޫ ކައުންސިލްގެ ރައީސް 
  • ލ. މުންޑޫ ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި 
  • ލ. މުންޑޫ ކައުންސިލްގެ މެންބަރު

އެމްޑީޕީއަށް ލިބުނު ގޮނޑި 

  • އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް 

އަދާލަތަށް ލިބުނު ގޮނޑި 

  • ރ. ކިނޮޅަސް ކައުންސިލްގެ މެންބަރު

އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް ލިބުނު ގޮނޑި

  • ލ. ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި 
  • އދ. ހަންޏާމީދޫ ކައުންސިލްގެ މެންބަރު 
  • ށ. މަރޮށި ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް