ads
ބާޒާރުމަތީ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި
ބާޒާރުމަތީ މަގު އަންގާރަ ދުވަހު ހުޅުވާލަނީ
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާޒަރުމަތީމަގު ފުޅާކޮށް ނިންމާ ތާރު އަޅާ ނިންމި ބައި އަންނަ އަންގާރަ ދުވަހު އާއްމުކޮށް ހުޅުވާލާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

ބާޒަރުމަތީ މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަގުގެ 9 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެރޭ ވަނީ މަގުގައި ތާރު އަޅާ ނިންމާފައެވެ. 

އެމްޓީސީސީން ބުނީ މިހާރު އެމަގުގައި ކުރިޔަށްދަނީ މަގުގައި ކުރަހަން ޖެހޭ ނިޝާންތައް ކުރެހުމާއި ބަހައްޓަން ޖެހޭ ބޯޑުތައް ބެހެއްޓުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތް ނިންމާ އަންނަ އަންގާރަ ދުވަހު އާއްމުކޮށް މަގު ހުޅުވާލާނެކަމަށް އެމްޓީސީސީން ބުނެއެވެ. 

ބާޒާރު މަތީ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާ ރޯދަމަހުގެ ކުރިން ހުޅުވާލާނެކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ. ކަލަންޑަރުގައިވާ ގޮތތުން ރޯދަ މަސް ފެށޭނީ އަންނަ ބުދަދުވަހުއެވެ. 

your imageބާޒާރުމަތީ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދަވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށް މަގު ހަތަރު ލޭނަށް ވަނީ ބޮޑުކޮށްފައެވެ. މި މަސައްކަތުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއް ވަނީ ޝީޓް ޕައިލްކޮށް ބިންވެސް ވަނީ ހިއްކާފައެވެ. 

މި މަޝްރޫއުގެ އަގަކީ 144،509،024.16 ރުފިޔާއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް