ads
ކުޑަކުދިން ގުރުއާން ކިޔަވަނީ
ގުރުއާން ހަތިމު ކުރުމުގެ ޕްރޮގްރާމެއް ބާއްވަނީ
މި އަހަރުގެ ރަމަޟާންމަހު ޤުރްއާން ހަތިމްކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ގުރުއާނާއި ބެހޭ މަރުކަޒުން ނިންމައިފިއެވެ.
Advertisement

އެ މަރުކަޒުން  ބުނީ މި ޕްރޮގްރާމް އޮންނާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންްދެންކަމަށެވެ.

ޝަރުޠު:

  1. އުމުރުން 13 އަހަރާއި 16 ދެމެދުގެ ފިރިހެން ކުއްޖަކަށްވުން.
  2. ފަރިތަކަމާއެކު ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން އެނގުން.

ގުރުއާނާއި ބެހޭ މަރުކަޒުން ބުނީ ގިރުއާން ހަތިމު ކުރުމުގެ ޕްރޮގްރާމް ކުރިޔަށް ދާނީ މާލޭގެ ދެ މިސްކިތަކާއި ހުޅުމާލެ ފޭސް ދޭއްގެ މިސްކިތެއްގައިކަމަށެވެ. އެއީ މަސްޖިދު ޝަހީދު އަބްދުއްރަޙްމާނާއި ސަލްމާނު ރަސްގެފާނު މިސްކިތުގެ އިތުރުން ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ މަސްޖިދު ހަސަން އާދަމްގައިކަމަށެވެ. 

ކިޔެވުން އޮންނާނީ: 

  • 18 ފެބުރުވަރީ 2026 – 26 ފެބުރުވަރީ 2026 / 14:15 އިން ފެށިގެން ދޮޅުގަޑިއިރު.
  • 27 ފެބުރުވަރީ 2026 – 19 މާރިޗު 2026 / 10:00 އިން ފެށިގެން ދޮޅުގަޑިއިރު.
  • ހުކުރު ދުވަސް އަދި ހޮނިހިރު ދުވަސް / 9:00 އިން ފެށިގެން ދޮޅުގަޑިއިރު.

މި ޕްރޮގްރާމްގައި ކޮންމެ މިސްކިތަކުންވެސް ޖާގަ ލިބޭނީ 20 ކުދިންނަށްކަމަށް ގުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ. މި ޕްރޮގްރާމުގައިަ ބައިވެރިވާން ބޭނުން ކުދިން މާދަމާގެ 13:00 ގެ ކުރިން ގޫގުލްފޯމް https://forms.gle/pQPtpkCuN5qX829V6  ފުރިހަމަ ކޮށް ހުށައެޅުމަށް ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުން އެދެއެވެ. އަދި ބައިވެރިވާން އެދޭ ކުދިން ހުށައަޅަން ޖެހޭނީ ހަމައެކަނި އައިޑީކާޑްކަމަށްވެސް އެ މަރުކަޒުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް