މި އޮފީސް ހުޅުއްވައިދެއްވީ، ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން އެވެ.
އޭނަ ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ހުޅުވި އިމިގްރޭޝަންގެ އޮފީހާއެކު އެ ސިޓީގައި މަސައްކަތް ކުރާ އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސައްކަތުގެ މާހައުލަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ،
އާ އޮފީހުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް މަގުފަހިކޮށް ދިނުމެވެ.
އިމިގްރޭޝަނުން ކުޅުދުއްފުށީގައި ހުޅުވި މި އޮފީހާއިއެކު މިހާރު ރާއްޖޭގައި އިމިގްރޭޝަންސްގެ ރީޖަނަލް 2 އޮފީސް ހުންނާނެ އެވެ. ރާއްޖޭގެ ދެކުނުގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީސް ހުންނަނީ، އައްޑޫސިޓީ ހިތަދޫގަ އެވެ.