ރަޝިޔާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވަލްނީ މަރައިލާފައި ވަނީ ނުރައްކާތެރި ވިހައެއް ބޭނުން ކޮށްގެން ކަމަށް ބުނެ، ވިލާތުގެ ފަސް ގައުމަކުން ރަޝިޔާއަށް ބޮޑު ތުހުމަތެއް އަމާޒުކޮށްފި އެވެ.

Advertisement
ނަވަލްނީ މަރުވީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ރަޝިޔާގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މަރައިލުމަށް ނުރައްކާތެރި ވިހައެއް ބޭނުން ކޮށްފައިވާ ކަމުގައި ވިލާތުގެ ފަސް ގައުމަކުން ތުހުމަތު ކޮށްފައިވާއިރު، ރަޝިޔާއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ. މޮސްކޯއިން ސިފަކުރި ގޮތުގައި މިއީ ހުޅަނގުގެ ޕުރޮޕެގެންޑާއެކެވެ.
ނަވަލްނީގެ މަރާ ބެހޭ ގޮތުން މޮސްކޯ އިން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ގޯސްވީ ހިނގަން ނުކުމެ އުޅުއްވުމަށް ފަހު ކަމަށެވެ. ކުއްލިއަކަށް ހޭނެތި ހާލު ބޮޑުވީ ކަމަށާއި ވަގުތުން މެޑިކަލް ސްޓާފުން ގެނެސް ފަރުވާދީ އަދި އެމްބިއުލާންސް ޓީމުން ވެސް ފަރުވާ ދިން ކަމަށާއި އެކަމަކު ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.
ހައްދުފަހަނައެޅި ހަރުކަށި އަމަލުތައް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ނަވަލްނީ ހައްޔަރުކުރީ ޖަރުމަނުގައި އުޅުއްވަނިކޮށް "ނާވް އެޖެންޓް" އިން ބޭނުންކޮށްގެން ޒަހަރު ދިނުމުން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ރަނގަޅުވެގެން 2021 ވަނަ އަހަރު އެނބުރި ގައުމަށް ވަޑައިގަތުމާ އެކުގަ އެވެ.
ނަވަލްނީ ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ ކެމްޕޭނުތަކެއް ހިންގައި ކޮރަޕްޝަންތައް ފަޅާއަރުވާލައިފަ އެވެ.