ads
ބާޒާރުމަތީ މަގުގައި ތާރު އަޅާ ހުޅުވާލުމުގެ ކުރިން ގަސް އިންދަން ބޭއްވި ހަރަކާތުގެ ތެރެއިން
ރަސްމީ ފާލަމުން އެމްޓީސީސީ ޓާމިނަލާ ހަމައަށް ތާރުއަޅަން ރޯދަމަހު ފަށަނީ
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރޯދަމަހު ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާޒަރުމަތީ ސަރަހައްދު ފުޅާކޮށް ނިންމާ ތާރު އަޅާ ރޭ ފަތިހު ވަނީ އާއްމުންނަށް ހުޅުވާލާފައެވެ.  

 މަގު އާއްމުކޮށް ހުޅުވާލުމުގެ ކުރިން އިއްޔެ އެ މަގުގައި ގަސް އިންދުމަށް ބޭއްވި ރަސްމިއްޔާތެއްގައި މީޑިއާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ މަގުގެ ތިންވަނަ ބައިގެ ގޮތުގައި ހިމެނޭ ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީ ފެރީ ޓާމިނަލާއި ހަމައަށް ހިމެނޭ ސަރަހައްދުގެ ތަރައްގީކުރުމުގެ މަސައްކަތް ރޯދަމަހު ފަށާނެކަމަށެވެ. އަދި އެ މަސައްކަތް އަންނަ އޭޕްރިލް ނުވަތަ މެއި މަހުގެ ތެރޭގައި ނިންމާލެވޭނެކަަމަށްވެސް ސައުދީ ވިދާޅުވިއެވެ. 

" އެހެންވީމާ ރަމަޟާން މަސް ތެރޭގައި އެކަން ވެސް ފައްޓައިގެން، ޝީޓްޕައިލްގެ މަސައްކަތް ފައްޓައިގެން ކުރިއަށް ދާނެ. ގޮސް ގާތްގަނޑަކަށް އޭޕްރީލް މެއި ހިސާބަށް ވާންވާއިރަށް އަޅުގަނޑަށް ހީވަނީ މުޅި މަގު ނިންމާލެވޭނެހެން މިހާރު ޝެޑިއުލް ކުރެވިފައިވާ ގޮތުން،" އެމްޓީސީސީގެ އެމްޑީ ސައުދީ ވިދާޅުވިއެވެ.

މާލޭގެ އެންމެ ކާރު ބާރު ބޮޑު އެއް ސަރަހައްދު ކަމަށްވާ ބާޒާރުމަތީ މަގު ހަދާ ތާރުއެޅުމުގައި ދިމާވި އެންމެ ބޮޑު ގޮޖެހުމަކީ އެ މަގުގައި ޝީޓް ޕައިލްކުރުމުގެ ތެރޭގައި ވަރަށް ހަރު އާނުގަނޑުތަކާއި ދިމާވުންކަމަށް ސައުދީ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މަސްކަތުގެ ސްޕީޑު ލަސްވިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.  

your imageބާޒާރުމަތީ މަގު ތާރުއަޅާ ޒަމާނީ ފެންވަރަށް ހަދާފައި

ބާޒާރުމަތީ މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަގުގެ 9 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެރޭ ވަނީ މަގުގައި ތާރު އަޅާ ނިންމާފައެވެ. 

މަގުގެ ހުރިހާ މަސައްކަތެއް ނިންމާ މިއަދު ފަތިހު 05:00 އިން ފެށިގެން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދަވަނަ ފިޔަވަހީގައި މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި މަގު ފުޅާކޮށް މަގު ހަތަރު ލޭނަށް ވަނީ ބޮޑުކޮށްފައެވެ. މި މަސައްކަތުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއް ވަނީ ޝީޓް ޕައިލްކޮށް ބިންވެސް ވަނީ ހިއްކާފައެވެ. 

މި މަޝްރޫއުގެ އަގަކީ 144،509،024.16 ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް