ads
މާސްކް އަޅައިގެން ޒުވާނުން މަގުމަތީގަ
ވައި ނުސާފުވުމުން ބައެއް ކަހަލަ ކެންސަރު ޖެހޭނެ: އެޗްޕީއޭ
ވައި ނުސާފުވުމުން ބައެއް ކަހަލަ ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
Advertisement

އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ ކުރިޔަށް އޮތް 5 ދުވަސް ރާއްޖެއަށް ވަރަށް ވައި ނުސާފުވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވަނިކޮށެވެ. 

ވައި ނުސާފުވުމުން ސިއްހަތަށް ކުރަނީ ކޮންކަހަލަ ނޭދެވޭ އަސަރުތަކެއްތޯ ކުރެވޭ ސުވާލުތަކަށް އެޗްޕީއޭއިން މިއަދު ވަނީ ޖަވާބެއް ދީފައެވެ. އެ އިދާރާއިން ވަނީ ވައި ނުސާފުވުމުގެ ސަބަބުން ދިގު މުއްދަތަށާއި ކުރު މުއްދަތަކަށް ޖެހޭ ބަލިތަކާއި ދިމާވާ މައްސަލަތައް ކިޔާދީފައެވެ. 

 ކުރު މުއްދަތަކަށް ދިމާވާ ސިއްހީ މައްސަލަތައް 

  • ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުން
  • ބޮލުގައި ރިއްސުމާއި ނާޒުކު ފަރާތްތައް ބޯ އެނބުރުން
  • ކެއްސުމާއި ނޭވާލުމަށް އުނދަގޫވުން
  • ނޭވާލާ ނިޒާމުގެ ބަލިތަކާއި ނޭވާ ހިއްލުން އިތުރަށް ގޯސްވުން
  • ނޭވާހިއްލުން ނުވަތަ ހިތުގެ މައްސަލަތައް އިތުރަށް ގޯސްވުން

ދިގު މުއްދަތަކަށް ދިމާވާ ސިއްހީ މައްސަލަތައް 

  • ނޭވާ ހިއްލުމާއި ސޯއޯޕީޑީ ފަދަ ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް
  • ކުޑަކުދީންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުން
  • ސިކުނޑިއާއި ނާރުގެ ބަލިތައް (ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން)
  • ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުން
  • މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލަތައް
  • ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން

މެޓް އޮފީހުން މިއަދު ބުނީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް، ހާއްސަކޮށް އުތުރާއި މެދު ރާއްޖެެތެރޭގެ ހިސާބުތަކަށް ކުރަމުން އަންނަކަމަށެވެ. އެގޮތުން މޫސުމާއި ބެހޭ ރިޕޯޓްތަކުގައި ދުރު ފެންނަ މިންވަރު 3 ކިލޯ މީޓަރަށް ވުރެ ދަށުން ރިޕޯޓްކުރަމުންދާކަމަށް މެޓް އޮފީހުން ބުނެއެވެ. 

ކުރިޔަށް އޮތް 5 ދުވަހުވެސް އިރު އުތުރުން އަންނަ ވަޔާއި އެކު ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

" އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ހާއްސަ ސާމާލުކަމެއް ދެއްވުން އެދެން." މެޓުން އާއްމުކުރި ނޯޓިސްގައި ބުނެފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް