މި އިސްލާހު މަޖިލިހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒްއެވެ.
އެ އިސްލާހުގައި ބުނީ ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާކުރަން ކެބިނެޓުން ނިންމިދާނެ ކަމަށެވެ. އެގޮތަށް އިސްތިސްނާ ކުރާނެ ވިޔަފާރިތައް ކަނޑައެޅުމުގައި ރިއާޔަތް ކުރަން ވާނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.
ބިލުގައިވާ ގޮތުން އެ އުސޫލްތައް ކަނޑައެޅުމުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް އިގުތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ރިއާޔަތް ކުރަން ޖެހެއެވެ.
އަދި އެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް މަގުފަހި ކުރުމާއި ބޮޑެތި ވިޔަފާރިތަކާ ދެމެދުގައި އޮތް ފަރަގު ކުޑަކުރަން ރިއާޔަތް ކުރަން ޖެހޭނެކަމަށްވެސްބިލުގައިވއެވެ..