ads
ބީއެމްއެލްގެ މައި އޮފީސް އިމާރާތް - ފޮޓޯ: ބީއެމްއެލް
ރޯދަ މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
ކުރިއަށް އޮތް ރޯދަމަހު އެމްއެމްއޭއާއި ބޭންކުތަކުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި އެވެ.
Advertisement

ބީއެމްއެލުން ބުނީ ރޯދަ މަހު އެ ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އަށް ކަމަށެވެ.

ބީއެމްއެލްއިން ވަނީ ރޯދަ މަހުގެ ފަހު 10 ގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނެ ދުވަސްތައް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ބުންނެވެ.

ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 18 ފެބްރުއަރީ ވާ ބުދަ (މާދަމާ) އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް