ހަނދު ސާބިތުވިކަން އިއުލާންކުރައްވާ ބަޔާން އިއްވަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހިޖްރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.
އެހެންވެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާއަކީ ރޯދައިގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅީކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ސައުދީއަށް ވެސް ވަނީ ހަނދު ފެނިފައެވެ. އެގައުމުންވެސް ވަނީ މާދަމާއަކީ މުލަ ރޯދަކަން އިއުލާންކޮށްފައެވެ.