ads
ޒަކާތު ހައުސްއިން ސުވާލު މުބާރާތެއް
ޒަކާތު ކުއިޒް، ކޮންމެ ދުވަހަކު ސުވާލެއް، ދެ މީހަކަށް އުމްރާ ދަތުރެއް
ޒަކާތަށް ހޭލުންތެރިކުރުމަށް ޒަކާތު ހައުސްއިން މި ރޯދަ މަހު "ޒަކާތު ކުއިޒް" ގެ ނަމުގައި ސުވާލު މުބާރާތެއް ފަށައިފިއެވެ.
Advertisement

ޒަކާތު ހައުސްއިން ބުނީ މި މުބާރާތުގައި ކޮންމެ ދުވަހަކު ސުވާލެއް އަންނާނެކަމަށެވެ. އަދި ސުވާލު ޝާއިއުކުރާނީ ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖުގައި ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

ސުވާލުތަކަށް ޖަވާބު ދިނުމަށް، ސުވާލު ޕަބްލިޝްކުރާ ވަގުތުން ފެށިގެން 12 ގަޑިއިރު ލިބޭކެމަށް ޒަކާތު ހައުސްއިން ބުނެއެވެ. ސުވާލުތަކަށް ޖަވާބު ދޭނީ، ސުވާލާއެކު ދެވޭ އިހްތިޔާރީ ޖަވާބުތަކުގެ ތެރެއިން ޖަވާބެއް، ސުވާލުގެ ޕޯސްޓަށް ކޮމެންޓްކޮށް އެ ކޮމެންޓުގައި އިތުރު 2 މީހަކު ޓެގްކޮށްގެންކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.  

ކޮންމެ ދުވަހެއްގެ ސުވާލުގެ ރަނގަޅު ޖަވާބު ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:00 ގައި ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖުގައި ޕަބްލިޝްކުރާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރާ ފަރާތަކަށް އެއްވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މީހަކަށް އުމްރާ ދަތުރެއްކަމަށް ޒަކާތާއި ބެހޭ ހައުސްއިން ބުނެއެވެ. އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރީ އެކަކަށްވުރެ ގިނަ މީހުން ނަމަ އެއްވަނަ އަށް ދާނެ މީހަކު ހޮވާނީ ގުރުއަތު ނަގައިގެންކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް