ދިރާގުން މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށްފައިވާ ތީމްގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަން ތައާރަފްކޮށްފި އެވެ.

Advertisement
މި ހަރަކާތްތައް ތައާރަފުކުރަން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ "ދިރާގަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގުޅުން" ކަމަށެވެ.
"ދިރާގުން ދަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން. މި ގޮތުން، މި ރަމަޟާން މަހަށް ދިރާގުގެ ހާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ "އާއިލީ ގުޅުން" މެދުވެރިކޮށް އަޅުގަނޑުމެން އެންމެ އިސްކަން ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމާއި، އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން،" މިރުޝާން ވިދާޅުވި އެވެ.
ދިރާގުން ތައާރަފުކުރި ޕްރޮމޯޝަންގައި ހިމެނޭ އޮފާ ތަކަކީ؛
- ކާށި ބިނދެގެން ޗައިނާއަށް ދިއުމުގެ ފުރުސަތު: ކޮންމެ ދުވަހަކު ދިރާގުއެޕް މެދުވެރިކޮށް ކާށި ބިނދެގެން 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ލިބިގެންދާނެ. އަދި ކޮންމެ ދުވަހަކު މި ޗެލެންޖްގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޗައިނާއަށް ދެ މީހަކަށް ދެވޭ ޗުއްޓީ ދަތުރެއް ވަނީ ކަނޑައަޅައިފައި.
- ތަރާވީސްދަމަށް އަންލިމިޓެޑް ޑޭޓާ: ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް 1 ދުވަހަށް ހިލޭ ޑޭޓާ، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހަށް ހިލޭ ޑޭޓާ. މި ޑޭޓާ ރޭގަނޑު 09:00 އިން ދަންވަރު 01:00އާ ދެމެދު ބޭނުންކުރެވޭނެ.
- ހާރުދަމަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް: ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ރެއެއްގެ ދަންވަރު 01:00 އިން ފަތިހު 4:00 އަށް 1 ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް މުޅިން ހިލޭ ލިބިގެންދާނެ.
- ދިރާގު ލިމިޓެއް ނެތް ފައިބަރ އަށް ހިލޭ އަޕްގްރޭޑް: އިތުރު ޗާޖަކާ ނުލައި، މިހާރު ވެސް ދައްކަމުންދާ އަގުގައި ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް އަޕްގްރޭޑްކުރެވޭނެ. އަދި 2 މަސް ދުވަހަށް މި އަގުގައި ބޭނުންކުރެވޭނެ.
- ސަޅި އާއިލާ މެދުވެރިކޮށް އާއިލާއާ ގުޅުން ބަދަހިކުރުން: 30ޖީބީއާ ހަމައަށް އާއިލާގެ 4 މެމްބަރުންގެ މެދުގައި ޑޭޓާ ހިއްސާކުރެވޭނެ.
- ފުޑީސް ވައުޗަރ ހަދިޔާކުރުން: ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފުޑީސް ވައުޗަރު ހަދިޔާކުރެވޭނެ.
- ޑޮނޭޓް އަ މީލް: ދިރާގުޕޭއިން މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސް މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާ ކުރެވޭނެ.
- ޑޮނޭޓް ޓު އަ ފެމިލީ: ދިރާގުޕޭއިން ރަމަޟާން މަހު އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް މެދުވެރިކޮށް އަސާސީ ކާބޯތަކެތި ހިމެނޭ ކެއަރ ބާސްކެޓް ހަދިޔާކުރެވޭނެ. ދިރާގުން މި ހަރަކާތް ފެށުމުގެ ގޮތުން 100 އާއިލާއަކަށް އެހިތެރިކަން ފޯރުކޮށްދޭނެ.
- ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގުޕޭ މެދުވެރިކޮށް، ދިރާގުޕޭ ނުވަތަ ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ.
ދިރާގުން މިއަހަރުގެ ރޯދައަށް ހާއްސަކޮށްފައިވާ ޝިއާރަކީ "އާއިލީ ގުޅުމެވެ". ދިރާގުން މި ޝިއާރަށް ބިނާކޮށް ތައްޔާރުކުރާ ކުރު ފިލްމެއް ނެރެން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމު އާންމުންނަށް ދައްކާލާނީ ރޯދަމަހުގެ ފުރަތަމަ ދުވަހު އެވެ.