ads
އީސީގެ އިސްވެރިން
ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި
އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހެނދު ނެރުނު އިއުލާނެއްގައި ވާ ގޮތުން އެ މުއްދަތު ހަމަވާނީ ފެބްރުއަރީ 22، ގެ މެންދުރުފަހު 03:00 ގަ އެވެ.

އެ މުއްދަތުގައި އަލުން ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހެނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާތަން ބަދަލުކުރުމަށް ބޭނުންވާ މީހުން އެކަނި ކަމަށް އީސީން ބުނެ އެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިން ކޮށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް