ads
ސައުދީ ރަސްގެފާނު ދެއްވާ ރޯދަ ވީއްލުމުގެ ތެރެއިން
ސައުދީގެ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
ސައުދީ އަރަބިއްޔާގެ ރަސްގެފާނު މުހައްމަދު ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ހާއްސަ ޕްރޮގްރާމް މި އަހަރުވެސް ފަށައިފިއެވެ.
Advertisement

މި ޕްރޮގްރާމް ރާއްޖޭގައި މިއަހަރަށް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް ޤަހްތާނީއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެޑައިގަތެވެ. 

your imageސައުދީ ރަސްގެފާނު ދެއްވާ ރޯދަ ވީއްލުމުގެ ތެރެއިން

މި ޕްރޮގްރާމްގެ ދަށުން ރޯދަމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ  ނިންމާފައެވެ. މި އަހަރު ވެސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރޯދަވީއްލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ސައުދީ އެމްބަސީން ބުނެއެވެ.

މި ޕްރޮގްރާމަކީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވާ އެންޑް ގައިޑަންސްގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;